Monday, October 18, 2010

އަންހެން މުވައްޒަފުންގެ މެދުގައި ނެޓްބޯޅަ މުބާރާތެއް ބޭއްވުމަށް ހަމަޖެހިއްޖެ


ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަންހެން މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫޙުދިރުވައި އެކުވެރިކަމާއި، އެއްބައިވަންތަކަން އާލާކުރުމުގެ މަޤުޞަދުގައި ނެޓުބޯޅަ މުބާރާތެއް ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ. މަރުކަޒުގެ ސްޓާފް ފަންޑުން އިންތިޒާމުކުރާ މިމުބާރާތުގައި  3ޓީމު ވާދަކުރާގޮތަށް ވަނީހަމަޖެހިފައެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިހިނގާ އޮކްޓޯބަރ މަހުގެ ފަހުކޮޅުކަމަށް މުޢުތަބަރު ފަރާތަކުން މަޢުލޫމާތު ދެއްވާފައިވެއެވެ. ދޭސީންނާއި ބިދޭސީން މަސްހުނިކޮށްގެން ކުޅުމަށް ހަމަޖެހިފައިވާ، މިމުބާރާތް ހުރިހާގޮތަކުންވެސް ފޯރިގަދަވެ ކާމިޔާބުވާނެކަމަށް ގިނަފަރާތްތަކުން ޤަބޫލުކުރެއެވެ.

No comments:

Post a Comment